މޫނުގެ ހަންގަނޑު ތެޔޮވުމަކީ އަހަރުމެންގެ މެދުގައި ވަރަށް އާއްމު ކަމެކެވެ. އެކަމުގެ ސަބަބުން ހަމުގެ ގިނަ މައްސަލަތަކެއް ދިމާވާ ވެސް ކަމެކެވެ.
ރީނދުލަކީ ހަމަށް ވަރަަށް ފައިދާ ހުރި އެއްޗެކެވެ. މި މާސްކުގައި ރީނދޫ ކޮޅަކާއި ފުނޑުކޮށްފައި ހުރި ކެލާ ފެނާއެކު ނުވަތަ، ފިނިފެންމާ ފެނާ އެއްކޮށްލާފައި މޫނުގައި މަޑުމަޑުން އުނގުޅާލާށެވެ. 15 ވަރަކަށް މިނެޓު މަޑުކުރުމަށްފަހު މޫނު ދޮވެލާށެވެ.
ސޭންޑަލް ވުޑް ޕައުޑަރ (ކެލާ)އަށް ރޯސްވޯޓަރ (ފިނިފެން) އެޅުމަށްފަހު ފޭސްޕެކް ތައްޔާރުކޮށް މޫނުގައި އުނގުޅާށެވެ. މިފޭސްޕެކް ކޮންމެދުވަހަކު މޫނުގައި އުނގުޅާފައި ބަހައްޓާނީ 15 މިނެޓް ވަންދެންނެވެ.
ސިނަމަން ޕައުޑަރު (ފޮނިތޮށި)، ލުނބޯ ޖޫސް އަދި މާމުއި ކޮޅެއް އެއްކޮށްލުމަށްފަހު ޕޭސްޓް ތައްޔަރު ކުރާށެވެ. މި ޕޭސްޓް ކޮންމެ ދުވަހަކު މޫނުގައި އުނގުޅާފައި އެއް ގަޑި އިރުވަންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ. މިޕޭސްޓުން މޫނުގައި ހުންނަ ލަކުނު އަދި ބިހިތައް ފިލާނެ އެވެ