ކ.ހިންމަފުށީ ކައުންސިލުގެ ދެ މެންބަރަކު އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
މިއަދު އެމްޑީޕީއަށް ސޮއިކުރެއްްވީ މުނިޔަތުއްނިސާ (މުނިޔާ)
ސުޒެއިން ޚަލީލެވެ.
އެ ބޭފުޅުންގެ މެމްބަރޝިޕް ފޯމާ ހަވާލުވެވަޑައިގެންނެވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލެވެ.
ހިންމަފުށީ ކައުންސިލުގެ ނައިބު ރައީސް ސުޒެއިންއާއި މުނިޔާއަކީ މީގެކުރިން އެއްވެސް ޕާޓީއެއްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނެއް ނޫނެވެ.
އެ ކައުންސިލުގައި ދެން ތިއްބެވި ތިން މެންބަރުންގެ ތެރެއިން ދެ މެންބަރުންނަކީ ވެސް އެއްވެސް ޕާޓީއެއްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނެއް ނޫނެވެ. ކައުންސިލުގެ ރައީސް ޙަސަން ފާއިޒް ހުންނެވީ ޕީޕީއެމްގައެވެ.