މިއަދު 18:00 އިން ފެށިގެން އާދިއްތަ ދުވަހުގެ ހެނދުނު 6:00 އާ ދެމެދު ރިޔާސީ ކެމްޕޭން ހިންގުން މަނާވާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ މި މަހުގެ 10 ވާ އާދީއްތަ ދުވަހުގެ ހެނދުނު 6:00 އާ ދެމެދު ސިޔާސީ ޕާޓީއެއްގެ ނުވަތަ އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ޖަގަހައެއް ހުޅުވާފައި ބެހެއްޓުމަކީ ހުއްދަ ކަމެއް ނޫންކަން ރިޔާސީ ކެންޑިޑޭޓުންގެ ރަސްމީ އިންތިޚާބީ އޭޖެންޓުންނަށް އަންގާފައެވެ.
”މަނާގަޑީގައި ކެމްޕޭން ޖަގަހަ ހުންނަންޖެހޭނީ ބަންދުކޮށްފައި ކަން ވެސް ވާނީ ދަންނަވާފައި“
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ފޯރިޔާއި ޖޯޝުގައި ކެމްޕޭނު ކުރުމަށްފަހު ޕާޓީތަކުކުން މިއަދު ހަވީރު ވަނީ ކެމްޕޭން ނިންމުމުގެ ގޮތުން ސައިކަލު ބުރާއި ހިނގާލުންފަދަ އިވެންޓްތައް ކުރިއަށް ގެންގޮސްފައެވެ.
މާދަމާ އޮންނަ ރިޔާސީ އިންތިޚާބުގައި ފަސް ޕާޓީއެއްގެ ފަރާތުން ފަސް ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން ތިން ކެންޑިޑޭޓުން ވާދަކުރައްވާނެއެވެ.