ދިވެހީންގެ ރާއްޖެ ދިވެހިނަށް ހޯދުމަށް ލިބޭ ފުރުސަތު ނަގައިނުލުމަށާއި މާދަމާ އޮންނަ އިންތިޚާބުގައި އޭނާއަށް ވޯޓު ދިނުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު މިއަދު އެދިވަޑައިގެންފިއެވެ.
މުޢިއްޒު މިއަދު ގައުމާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މާދަމާއަކީ ދިވެހިންގެ ގައުމީ ހަޔާތުގައި މުހިންމު ދުވަހެއް ކަމަށާއި މާދަމާ ރައްޔިތުން ނިންމާ ނިންމުމަކީ މިނިވަންކަމާއި ތަރައްގީ ދަރިންނަށާއި ދަރިންގެ ދަރިންނަށް ވާރުތަކުރުމަށްޓަކައި އިޚުލާސްތެރި އަދި އަމާނާތްތެރި ނިންމުމަކަށް ހަދަންޖެހޭ ކަމަށެވެ.
މުޢިއްޒު ވަނީ ވޯޓުން ނުކުންނަ ނަތީޖާއެއްގެ ސަބަބުން ބޭރުގެ ނުފޫޒުތަކުގެތެރޭގައި ތާށިވެ ދިވެހިންގެ އަމިއްލަ ބާރު މި ގައުމުގައި ކުޑަވެގެން ހިނގައިދާނެ ކަމަށެވެ. އަދި މި ގައުމު ދަރަނިވެރިކަން ބޮޑުވެ ބަނގުރޫޓުވާ ހާލަތަށް ވެސް ހިނގައިދާނެ ކަމަށެވެ.
”އަޅުގަނޑު އެދެނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ތިޔަ ލޮބުވެތި ރައްޔިތުން އަޅުގަނޑު ޚިޔާރު ކުރެއްވުން. ކެންޑިޑޭޓް ނަންބަރު 4 އަށް ވޯޓު ދެއްވުން.“
އޭރުން ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ވެގެންދާނެ ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ.