ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެެރިޔާ މަރްޔަމް އުނޫޝާ އެމްޑީޕީއަށް ސޮއިކޮށްފިއެވެ.
އެމްޑީޕީން މިއަދު ކުރި ޓުވީޓެއްގައި ވަނީ އުނޫޝާ އެ ޕާޓީއަށް ސޮއިކޮށް މެމްބަރޝިޕް ފޯމު ޕާޓީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލާ ހަވާލުކުރާ މަންޒަރު ފެންނަ ފޮޓޯއެއް އާންމުކޮށް އުނޫޝާއަށް މަރުހަބާ ކިޔާފައެވެ.
މިދިޔަ ހަފުތާގެތެރޭގައި ރާއްޖޭގެ އެކި ދާއިރާތަކުގެ މަޝްހޫރު ގިނަ ބަޔަކު އެމްޑީޕީއަށް ވަނީ ސޮއިކޮށްފައެވެ.
އޭގެތެރޭގައި ރާއްޖޭގެ މަޝްހޫރު ސޯޝަލް މީޑިއާ އިންފުލުއެންޒާ ފާޠިމަތު ޒަޔާން އިބްރާހިމް (ކައިޒީން) ވެސް ހިމެނެއެވެ.