ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމްގެ ކެމްޕޭން ނިންމުމަށް މިއަދު ހަވީރު މާލޭގައި ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.
މި ހިނގާލުން ފަށާނީ ހަވީރު 16:00 ގައެވެ.
އާޓިފިޝަލް ބީޗް ސަރަހަށްދުން ހެންވޭރު ދަނޑާއި ހިސާބުން އަޅުގަނޑުމެންގެ ހިނގާލުން ފަށައިގެން މަޖީދީ މަގުން އަޅުގަނޑުމެން އައިސް ކުނޫޒަށް ނިންމާލާނީ. 6 ޖަހާއިރު އަޅުގަނޑުމެން ނިންމާލާނަން. މަޖީދީ މަގުގެ ތިން ސަރަހަށްދެއްގައި އަޅުގަނޑުމެން ސްޓޮޕް ކުރާނަން.“ ޤާސިމް އިންތިޚާބީ އެޖެންޓް ޢަލީ ވަޙީދު ވިދާޅުވިއެވެ.
އަދި މި އިންތިޚާބާ ގުޅިގެން ޤާސިމް ދެއްވާ އެންމެ ފަހުގެ ސްޕީޗް މިއަދު އޮންނާނެ ކަމަށާއި މިއަދު އެމަނިކުފާނު ދެއްވާނީ އެމަނިކުފާނު ދެއްވާނެ އެންމެ މުހިންމު އެއް ތަގްރީރު ކަމަށް ޢަލީ ވަޙީދު ވިދާޅުވިއެވެ.