އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްވަރުގެ އަނިޔާވެރިއެއް އަދި ނާންނަ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު މިއަދު ވިދާޅުވެއްޖެއެވެ.
ޖަމީލު މިގޮތަށް ވިދާޅުވީ ”2018 ގައި އަނިޔާ ވެރިކަމުގެ ވާހަކަ ދެއްކެވި ރައީސް ޞާލިޙް ކަންކުރެއްވި ގޮތް“ ކަމަށް ވިދާޅުވެ ބައެއް ކަންކަން ފާހަގަކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.
ޖަމީލު ވިދާޅުވީ މި ވެރިކަމުގައި އިދިކޮޅު ކޯލިޝަނުގެ މެމްބަރުން 400 ވުރެ ގިނަފަހަރު ޖަލައްލި ކަމަށެވެ. އަދި ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ޖަލަށްލީ ކަމަށާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޢިއްޒަށް ދައުވާ ކުރެއްވި ކަމަށެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ބާކީކޮށް މަގުމަތިކުރެއްވި ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.
”އިބޫވަރުގެ އަނިޔާވެރިއެއް އަދި ނާދޭ“ ޖަމީލުގެ ޓުވީޓު ނިންމަވާލައްވަމުން ލިޔުއްވާފައިވެއެވެ.