މާދަމާ ބާއްވާ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ރައީސް އަޙްމަދު ފާރިސް މައުމޫންގެ ކެމްޕޭން ނިންމުމަށް މިއަދު ހަވީރު މާލޭގައި ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.
ފާރިސްގެ ކެމްޕޭން ނިންމުމުގެ ގޮތުން މިއަދު 14:00 އިން 15:00 އަށް ސީ ހައުސްގައި ކޮފީއެއް ކުރިއަށްދާއިރު، ހިނގާލުން ފަށާނީ 16:00 ގައި އެ ސަރަހައްދުން ކަމަށް ފާރިސްގެ ކެމްޕޭން ޓީމުން މައުލޫމާތު ދެއެވެ.
ކެމްޕޭން ޓީމުން ބުނީ 18:00 އާ ހަމައަށް ހިނގާލުން ކުރިއަށްދާނެ ކަމަށެވެ.
މިދިޔަ ދުވަސްތަކުގައި ފާރިސް ވަނީ ކެމްޕޭނަށް ބައެއް ރަށްތަކަށް ވަޑައިގެން ދޮރުން ދޮރަށް ހިންގަވައިފައެވެ.