ބޮލީވުޑްގެ ރަސްގެފާނު ޝާޙް ރުކް ޙާންގެ ފިލްމެއްގެ އިންތ6ިޒާރުގައި ސަޕޯޓަރުން ތިބިގެން ހާމަވެއްޖެ ކަމަށް ބަތަލާ ކަންގަނާ ރަނައުތު ހާމަކޮށްފިއެވެ.
ޝާޙްގެ ކުރިއަށް އޮތް ފިލްމު ”ޖަވާން“ އަށް ލިބެމުން އަންނަ ތަރުހީބަށް މަރުހަބާ ކިޔަމުން އޭނާ ހާމަކޮށްފައިވާ ގޮތުގައި ޝާޙްގެ ފިލްމުތަކަށް ލިބެމުން އަންނަ ތަރުހީބަކީ ޝާޙްގެ ހުނަރުގެ މޮޅު ކަމުން ކަމަށެވެ.
އެގޮތުން 90 ގެ އަހަރު ތެރޭގައި ބޮލީވުޑްއަށް ނުކުމެ ޝާޙް އަންނަނީ އަދިވެސް އެހާމެ ފިޓްކޮށް ހުރެ މަސައްކަތް ކުރަމުން ކަމަށާއި އުމުރުން 60 އަހަރާއި ގާތް ކުރި ނަމަވެސް ޝާޙްގެ ހަށިގަނޑަށް ބަދަލެއް ނާންނަ ކަމަށާއި އޭނާ އަކީ ހުނަރުވެރި އެތައް އަހަރެއް ވީއިރުވެސް ބަދަލު ނުވި ސިނެމާ ތަކުގެ ރަސްގެފާނު ކަމަށެވެ.
އެހެން ފަންނާނުން އެކޭ އެއްފަދައިން ޝާޙް ވެސް މިދާއިރާގައި ހާލުގައި އުޅުން ކަމަށާއި ނަމަވެސް މިއަދު އޭނާ އަކީ މިދާއިރާގައި ހުރި އެންމެ ކާމިޔާބު އެއް ބަތަލް ކަން ވެސް ކަންގަނާ ވަނީ ފާހަގަ ކޮށްފައެވެ.