ބަތަލާ ކަރީނާ ކަޕޫރުގެ ކުރިއަށް އޮތް ފިލްމު ”ޖާނެ ޖާން“ގެ ޓްރެއިލާ އާއްމުކޮށްފިއެވެ.
ނެޓްފްލިކްސް އިން ގެނެސްދޭ މި ފިލްމަކީ ދެހާހުގެ ކުރީކޮޅުގައި ނުކުތް ޖަޕާނުގެ މިނިސްޓްރީ ކްރައިމް ވާހަކަ ފޮތެއް ކަމަށްވާ ”ދަ ޑިވޯޝަން އޮފް ސަސްޕެކްޓް އެކްސް“ގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. އަދި މި ފޮތުގެ މައްޗަށް ބިނާކޮށް ސައުތު ކޮރެއާއިން ވެސް ވަނީ ފިލްމެއް ނެރިފައެވެ.
މި ފިލްމަކީ ކަރީނާގެ މުޅިން ތަފާތު ރޯލެއް ދައްކުވާދޭ ފިލްމެކެވެ. ކަރީނާ ހާމަކޮށްފައިވާ ގޮތުގައި މި ފިލްމަކީ އޭނާ ކްރައިމް ތުރިލާ ފިލްމެއް ކުޅެން ބޭނުން ވެފައި ހުއްޓާ ލިބުން ފިލްމެއް ކަމަށެވެ.
ކަރީނާގެ އިތުރުން ވިޖޭ ވަރުމާ އަދި ޖައިދީޕް އަލާވަތު މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނެއެވެ.