ސެޕްޓެމްބަރު 9 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ޗާޕްކޮށްފައިވަނީ 285,219 ވޯޓު ކަރުދާސްކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ވޯޓުނެގުމަށްޓަކައި ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާސްތައް ޗާޕްކޮށްފައިވަނީ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝާރސް ޕްރައިވެޓް ލިމިޓެޑުން ކަމަށެވެ.
ޗާޕްކޮށްފައިވަނީ ޖުމްލަ 285,219 ކަރުދާސް ކަމަށް އޭނާ ވިދާޅުވިއެވެ.
ޙަބީބް ވިދާޅުވި ގޮތުގައި ދެތިން ރަށް ފިޔަވައި ހުރިހާ ރަށަކަށް މިހާރު ވަނީ ވޯޓު ކަރުދާހާއި ސެކިއުރިޓީ ސާމާނު ފޮނުވައިފައެވެ.