ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ފުރަތަމަ ދައުރު ނިންމައި ދެވަނަ ދައުރެއް ފަށަން ތައްޔާރުވާއިރު އިސްލާމްދީން މި ގައުމުގައި އޮތީ ގަދަކޮށް ކަމަށާއި ރައްޔިތުން ތިބީ ސައްހަ އަގީދާގެމަތީގައި ކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް މިރޭ ވިދާޅުވެއްޖެއެވެ.
މަހްލޫފް ވިދާޅުވީ މި ދެ ދުވަހު އެންމެ އަޑުގަދަކޮށް އިވެނީ އިސްލާމް ދީނާއި އިންތިޚާބާ ގުޅުވައިގެން ދައްކާ ވާހަކަ ކަމަށާއި ކޮންމެ އިންތިޚާބަކާ ދިމާކޮށް ކުޅޭ ދީނީ ކާޑު ބާވެއްޖެ ކަމަށެވެ. ރައްޔިތުންނަށް ވާނުވާ އެނގި ކަންކަން ފެނި އަޑުއިވޭ ކަމަށާއި މިއަދު ދީނީ ތާހިކާ އަޅުއްވައިގެން ކުރައްވަާ ސިޔާސީ މަސައްކަތް ރައްޔިތުންނަށް ސާފު ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފް ވިދާޅުވި ގޮތުން މި ގައުމުގެ ވެރިކަމުގައި ކޮންމެ ވެރިޔަކު ހުއްޓަސް މި ގައުމުން އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތެއް ނޯންނާނެއެވެ. އެއީ ވަކިމީހަކު ވެރިކަމުގައި ހުރެގެން ނޫނީ ނެތިގެން ވާކަމެއްކަމެއްނޫން ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.
ރައީސް ޞާލިޙްގެ ފުރަތަމަ ދައުރު ނިންމައި ދެވަނަ ދައުރެއް ފަށަން ތައްޔާރުވާއިރު އިސްލާމްދީން މި ގައުމުގައި އޮތީ ގަދަކޮށް ކަމަށާއި ރައްޔިތުން ތިބީ ސައްހަ އަގީދާގެމަތީގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިއަށްވުރެ ވަކި މިނިވަންކަމާއިއެކު ދީނީ އިލްމުވެރިންނަށް މަސައްކަތް ކުރުމުގެ ފުރުސަތު ދިން އެހެން ސަރުކާރެއް ހަމަގައިމު ވެސް އަޅުގަނޑު ނުދެކެން. ވާނުވާއެއްގެ ތެރޭގައި ފާއިތުވި ހުރިހާ ސަރުކާރެއްގައި އޮތް މޫނު ބުރުގާ އަޅައިގެން ކިޔަވައިދިނުމުގެ މައްސަލައަށް ހައްލު ހޯއްދަ ދިނީ މި ސަރުކާރުން. ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އަދި ގާނޫނާ ޚިލާފުވުމުން އެމްޑީއެން އުވާލީ މިސަރުކާރުން.“
މިކަންކަން އެހެން ހުރިއިރު މަހްލޫފް ވިދާޅުވީ ސެޕްޓެމްބަރުގައި މި އިންތިޚާބު ރައީސް ކާމިޔާބުކުރައްވާނީ އެއްބުރުން ކަމަށެވެ.