ގާނޫނީ ވަކީލު މުޙައްމަދު ހަމްޒާ މިއަދު އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.
އެމްޑީޕީން މިރޭ ބުނީ ޕީޕީއެމްގެ މަގުމަތީ ހަރަކާތްތަކުގެ އިސް އެކްޓިވިސްޓު ވަކީލު ހަމްޒާ މިއަދު އެ ޕާޓީއާ ގުޅިވަޑައިގެންފައިވާ ކަމަށެވެ.
ހަމްޒާގެ މެމްބަރޝިޕް ފޯމާ ހަވާލުކުރެއްވީ އެމްޑީޕީގެ ޗެއާާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާޢީލެވެ.
ހަމްޒާގެ އިތުރުން ޕީޕީއެމްގެ އިސްތިއުނާފީ ކޮމިޓީގެ މެމްބަރު އަދި ގާނޫނީ ވަކީލު އާދަމް އާސިފް ވެސް މިއަދު ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.