ޕީޕީއެމްގެ އިސްތިއުނާފީ ކޮމިޓީގެ މެމްބަރު އަދި މަޝްހޫރު ގާނޫނީ ވަކީލު އާދަމް އާސިފް މިއަދު އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.
ޕީޕީއެމްއިން ވަކިވެވަޑައިގެން އާސިފް މިއަދު އެމްޑީޕީއާ ގުޅިވަޑައިގަތުމުން އެމްޑީޕީން ވަނީ އޭނާއަށް މަރުހަބާ ކިޔައިފައެވެ.
އާސިފްގެ މެމްބަރޝިޕް ފޯމާ ހަވާލުވެވަޑައިގަތީ އެމްޑީޕީގެ ޗެއާާޕާސަން ފައްޔާޟް އިސްމާޢީލެވެ.
އާސިފަކީ ޕީޕީއެމްގެ ހަރަކާތްތަކުގެ ކުރީ ސަފުން ފެނިގެންދިޔަ ބޭފުޅެކެވެ. ޚާއްސަކޮށް އޭނާއަކީ މި ސަރުކާރަށާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައިވާ ބޭފުޅެކެވެ.