އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ވޯޓު ދިނުމަކީ ހަޔާތުގައި ކުރެވޭނެ ވަރަށް ރަނގަޅުކަމެއް ކަމަށް އައްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.
އިލްޔާސް ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ސެޕްޓެމްބަރު 9 ވަނަ ދުވަހަކީ ރާއްޖެއަށް ވަރަށް މުހިންމު ދުވަހެއް ކަމަށެވެ. އެހެންކަމުން އެންމެހާ ލޮބުވެތި ރައްޔިތުންގެ ފަރާތުން އޭނާ އެދިވަޑައިގަންނަވަނީ ވީހާވެސް ގިނަ ބޭފުޅުން އެ ދުވަހު ނުކުމެވަޑައިގެން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ ރަނިންގމޭޓް މުޙައްމަދު އަސްލަމަށް ވޯޓު ދެއްވުމަށް ކަމަށް އިލްޔާސް ވިދާޅުވިއެވެ.
”މީ އަޅުގަނޑުމެންގެ ހަޔާތުގައި އަޅުގަނޑުމެންނަށް ކުރެވޭނެ ވަރަށް ރަނގަޅުކަމެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭތީ ހުރިހާ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތާއީދު ކުރައްވާ އަދި އަޅުގަނޑާ އެކުގާ އުޅުއްވާ ހުރިހާ ބޭފުޅުން އަދި އެނޫން ވެސް ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން ނުކުމެވަޑައިގެން 9 ސެޕްޓެމްބަރުގައި ވީހާވެސް ގިނަ ބަޔަކު އިބްރާހިމް މުޙައްމަދު ޞާލިޙަށް ވޯޓު ދެއްވުން.“ އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސް މި ގޮތަށް ގޮވާލައްވާފައިވާއިރު ރާއްޖޭގެ ގިނަ އިލްމުވެރިން ވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުއަށް ތާއީދު ކުރައްވަން ނިންމަވައިފައެވެ.ޭ އަދި އިލްޔާސްއާއެކު އަދާލަތު ޕާޓީގައި ހުންނެވި އައްޝައިޚް ޢަލީ ޒައިދު ވެސް މިއަދު ވަނީ މުޢިއްޒަށް ތާއީދު ކުރައްވަން ނިންމަވައިފައެވެ.
Thimannage dhiriulhun Malaysiaga kuriyah gendheveynee Raees Solih verikamuge hureemaey buninama thankolheh qaboolukuraan faseyhavees.