މި ސަރުކާރު ބަދަލުކުރަންޖެހޭ ސަބަބެއް އޮތްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ޕްރޮފެސަރު ޙަސަން އުގެއިލް މިއަދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރައްވަން ނިންމަވާފައިވާ ޕްރޮފެސަރު އުގެއިލް މިއަދު ވިދާޅުވީ ސުލްހަވެރިކަމާއި އަމާންކަމާއެކު ތަރައްގީގެ އެތައް މަޝްރޫއުތަކެއް ފަށައި ކުރިޔަށް ހިނގަމުންދާ މި ސަރުކާރު ބަދަލުކުރަންޖެހޭ ސަބަބެއް އޮތްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
އަދި ދިވެހި ރައްޔިތުންނަށާއި ގައުމަށް އެންމެ ފައިދާހުރި ގޮތަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ދެވަނަ ދައުރެއް ދެއްވުން ކަމަށާއި ސަރުކާރު ބަދަލުވެއްޖެނަމަ ފަށައިގެން ކުރިޔަށްދާ މަޝްރޫއުތައް ހުއްޓި ފިޔަވަޅުތަކެއް ފަހަތަށް އެޅޭނެ ކަމަށް އުގެއިލް ވިދާޅުވިއެވެ.
”މިއީ ގަބޫލު ކުރަންޖެހޭ ހަގީގަތެއް. ގަސްތުގަ ނުކުރެއްވިޔަސް މިއީ ތަބީއީ އާދައެއް.“
އެހެންކަމުން އޭނާ ތާއިދު ކުރައްވަނީ ނުހުއްޓި ރައީސް ސާލިހާއެކު ކުރިޔަށް ދިޔުމަށް ކަމަށް އުގެއިލް ވިދާޅުވިއެވެ.
Kihaivare ugeyla dhineema thi Sanaa kianfeshee