ދައުލަތުގެ މީޑިޔާއިން ބާއްވާ ރިޔާސީ ބަހުސްގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނުގެ ތަރުޖަމާން މުހައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ޕީއެސްއެމްއިން އިންތިޒާމު ކޮށްގެން ބާއްވާ ރިޔާސީ ބަހުސް ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހު ބާއްވަން ވަނީ ނިންމާފައެވެ.
ރިޔާސީ ބަހުސަކީ ކޮންމެ ރިޔާސީ އިންތިޚާބަކާއި ދިމާކޮށް ބާއްވަމުން އަންނަ އާންމުންގެ މަޤްބޫލްކަން ވަރަށް ބޮޑަށް ލިބިފައިވާ ބަހުސެކެވެ.
”ޕީއެސްއެމްއިން އެމްއެންޔޫއާއި ގުޅިގެން ކުރިއަށް ގެންދާ ރިޔާސީ ބަހުސް 2023 ގައި ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވައިވެރި ވަޑައިގަންނަވާނެ. ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒުއަށް ޕީއެސްއެމްއިން 22 އޮގަސްޓް ގައި ފޮނުވި ދައުވަތު ހަމަ އެދުވަހު އެމަނިކުފާނު ވަނީ ގަބޫލުފުޅު ކުރައްވާފަ.“ ތޮލާލް ވިދާޅުވިއެވެ.