މޫނުގެ ހަންގަނޑު ތާޒާކަމާއި ސާފުކަން މަތީ ބެހެއްޓުމަށް އެކި މީހުން ބޭނުން ކުރަނީ އެކި އުކުޅެވެ. އެގޮތުން މޫނުގައި އައިސް ކިއުބް ހޭކުމަކީ އެކަމުން ގިނަ ފައިދާތަކެއް ލިބޭ ކަމެކެވެ
ބިޒީ ދުވަހަކަށްފަހު މޫނުގައި އައިސްކިއުބް ހޭކުމުން މީހާ ތާޒާވެ ދުވަހުގެ ސްޓްރެސްގެ ސަބަބުން ވާ ގެއްލުމުން މޫނުގެ ހަންގަނޑު ރައްކާތެރި ކޮށްދޭނެ އެވެ. އަދި މޫނަށް ލޭ ދައުރުވުމަށް އެހީތެރިވެދީ މީހާ އުޖާލާކޮށްލައި ދެއެވެ.
މޫނުގައި އައިސް ކިއުބް ޖެއްސުމުން މޫނުގެ ލޭ ނާރުތަށް ފިނިވުމުގެ ސަބަބުން ހިމަވެގެންދެ އެވެ. އޭގެ ސަބބުން މޫނަށް ލޭ ދައުރުވުން މަދު ކޮށް ދެއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުން މިކަން ބެލެންސް ކުރުމަށް ހަށިގަނޑުގެ ލޭ ދައުރު ކުރުމުގައި ގިނަ ލޭ މޫނަށް ފޮނުވާލަވަ އެވެ. މީގެ ސަބަބުން މީހާގެ މޫނަށް ވަރަށް އުޖާލާ ފްރެޝް ލުކެއް އާދެ އެވެ.
މޫނުގައި އައިސްކިއުބް ހޭކުމުން މޫނުގައި ތެޔޮ އުފެދޭ މިންވަރު މަދުކުރެ އެވެ. އަދި ހަމަ އެހެންމެ އޮށާޅަ ނެގުމުން އުފުލި ދުޅަވެފައި ހުންނަ ތަންތަނުގެ ދުޅަ ތިރިކޮށްދީ ފަސޭހަކޮށްދެ އެވެ. އަލަށް އޮށާޅައެއް ފުރަތަމަ ނިކުތުމާ އެކު އެ އިތުރަށް ބޮޑުވިޔަ ނުދޭން އައިސްކިއުބް ބޭނުން ކުރާށެވެ.