އެހެން ރިޔާސީ ކެންޑިޑޭޓުން ވައުދުތައް ކިޔަމުން ގެންދަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވައުދުތަކުގެ އަކުރުތަކާއި ފިލިތައް ބަދަލުކޮށްގެން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ.މަޢުޞޫމް މިއަދު ވިދާޅުވެއްޖެއެވެ.
ޑރ.މަޢުޞޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެހެން ކެންޑިޑޭޓުން ވައުދުތައް ކިޔަމުން ގެންދަނީ ރައީސް ޞާލިޙްގެ ވައުދުތަކުގެ އަކުރުތަކާއި ފިލިތައް ބަދަލުކޮށްގެންކަމަށްވާތީ އެ ވެރިންގެ އާރުލާ ސިޔާސަތެއް ނެތްކަން ރައްޔިތުންނަށް ހާމަވެއްޖެ ކަމަށެވެ.
އެހެންކަމުން ރައީސް ޞާލިޙް ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބުކުރައްވާނެކަން ކަށަވަރުވެއްޖެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޑރ.މުޢިއްޒުގެ ”ދިވެހިންގެ ރާއްޖެ“ މެނިފެސްޓޯ ލޯންޗުކޮށްފައިވާއިރު އެ މެނިފެސްޓޯގައިވާ ވައުދުތަކަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޞާލިޙްގެ ކެމްޕޭން ތަރުޖަމާނު ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވެސް ވަނީ ފާޑުވިދާޅުވެފައެވެ. މާރިޔާ ވިދާޅުވި ގޮތުން މުޢިއްޒުގެ މެނިފެސްޓޯގައިވާ ވައުދުތަކަކީ އެމްޑީޕީގެ މެނިފެސްޓޯއިން ކޮޕީ ކުރައްވާފައިވާ ވައުދުތަކެކެވެ.
ނަމަވެސް މުޢިއްޒު ވަނީ މެނިފެސްޓޯގެ ކަންކަން ކޮޕީކުރަންޖެހޭ ބޭނުމެއް ނެތް ކަމަށް ވިދާޅުވެފައެވެ.
ދިވެހި ބަހުގެ ފިލި ތަކާ އަކުތައް ބަދަލު ކޮށްގެން ދޯ ބުނަންވާ އެއްޗެއް ބުނެވޭނީ. މިއީ ކިޔަވައިގެން ތިބި ގޮފަޅުން.