ހުރިހާ ދީނީ އިލްމުވެރިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދުކުރެއްވުމަށް ދީނީ އިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޟް އިލްތިމާސްކުރައްވައިފިއެވެ.
ޑރ.އިޔާޟް މި ގޮތަށް ގޮވައިލެއްވީ ރިޔާސީ އިންތިޚާބުގައި ޢަދާލަތު ޕާޓީން ރައީސް ޞާލިޙަށް ތާއީދު ކުރުމަށް ނިންމާފައިވާ ނިންމުމާ ބެހޭ އެންމެހާ ތަފްސީލު ހޯދުމަށް ޢިލްމުވެރިން ބޭނުންވާތީ އެ ޕާޓީއާ ބައްދަލު ކުރުމަށް އެދި ޢިލްމުވެރިންގެ ގުޅުން ޖަމްއިއްޔާގެ ފަރާތުން ސިޓީލުމާ ގުޅިގެންނެވެ.
“ވަރަށް ގިނަ ސަބަބުތަކާ ހުރެއެވެ. މޫނުބުރުގާ އަޅާ ޓީޗަރުންނަށް ލިބުނު ނަޞްރާއި ކާމިޔާބީ އާއި މެދު ދިރާސީ ނަޡަރަކުން ބަލައިފިނަމަވެސް ފުދޭހާވެއެވެ.“ އިޔާޟް ވިދާޅުވިއެވެ.
އެހެންކަމުން ތަޢައްޞުބުގެ ގޮތްގަނޑު ދޫކޮށްލައްވައި ހުރިހާ ދީނީ އިލްމުވެރިން ރައީސް ޞާލިޙަށް ތާއީދުކުރެއްވުމަށް އޭނާ ގޮވައިލެއްވިއެވެ.
ރައީސް ސާލިހަށް ތާއީދު ކުރާއިރު މޫނުއަޅައިގެން ޓީޗަރުންނަށް ސްކޫލެއް ނުވަދެ ޭ، އެއްޖިންސުން ލުން ހިންގުމާ އާއްމުވެފަ ދީނަށް ފުރައްސާރަ ކުރާމީހުންނަށް ހިމާޔަތާއި ރައްކާތެރިކަން، އަދިވެސް ކިޔަންވީތޯ