ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި މިއަދު ވެސް ބައެއް ރަށްރަށަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދަ އެރުން އެކަށީގެންވަނީ ދެކުނު ބައެއް ރަށްރަށަށް ކަމަށެވެ.
އެހެންކަމުން އެކަމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ
މެޓް އޮފީހުން ހާމަކުރި ގޮތުގައު ދެކުނުގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވެއެވެ.
އަދި ހުރިހާ ހިސާބެއްގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.