ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން އަންނަ މަހު ފުރަތަމަ ދުވަހު ބާއްވާ ރިޔާސީ ބަހުސްގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ފެނިވަޑައިގަންނަވާނީ ރައްޔިތުންގެ އަރިހަށް ކުރައްވާ ދަތުރުފުޅުތަކަށް ފަހު އެފަދަ ކަމަކަށް ވަގުތު އޮތް މިންވަރަކަށް ބެލުމަށް ފަހު ކަމަށް އެމްޑީޕީގެ ކެމްޕޭން ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ އެ ފަދައިން ވިދާޅުވީ އެމްޑީޕީ އަދި ގުޅިފައިވާ ޕާޓީތަކުގެ ކެމްޕޭން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މާރިޔާ ވިދާޅުވީ ރިޔާސީ ކެމްޕޭނުގައި ރައީސް ޞާލިހު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ރައްޔިތުންގެ ކައިރިއަށް ވަޑައިގެން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ.
މާރިޔާ އެ ފަދައިން ވިދާޅުވި އިރު 2018 ވަނަ އަހަރު ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ބޭއްވި ރިޔާސީ ބަހުސްގައި ވެސް އޭރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ހުންނަވާ ރައީސް ޞާލިހު ބައިވެރިވެވަޑައިނުގަންނަވައެވެ.
vaahaka dhankah neygayneythiee bahusugaa baiveri vaa jeyhilu vaaniee aney konlhu muizz aaie kurimathie laa jeheythie biru gannaiee kuraa vaudhu tha fudhaa nudheyvayneythiee 2018 ga ves ibuoo kahthan kuriee hama ehgotha