ރަޝިޔާގެ ކުރްސްކް ސަރަހައްދަށް ޔޫކްރެއިނުން ދިން ކަމަށް ބުނާ ޑްރޯން ހަމަލަތަކެއްގައި އާންމުންގެ 5 މީހުން ޒަހަމުވެއްޖެއެވެ.
ކުރްސްކަށް ދިން ޑްރޯން ހަމަލާގައި ގެއްލުން ލިބިފައި ވަނީ އެ ރަށުގައި އޮންނަ ރޭލު އިސްޓޭޝަނަކަށެވެ. ކުރްސްކަށް ހަމަލަ ދިން ވަގުތު ރަޝިޔާގެ ބައެއް އެހެން ރަށްތަކަށް ވެސް ޑްރޯން ހަމަލަތަކެއް ދީފައިވާ ކަމުގައި އެ ގައުމުން ބުނެއެވެ.
އެ ހާދިސާގައި ރޭލު އިސްޓޭޝަނަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް ރަޝިޔާއިން ބުނާ އިރު އެ އިސްޓޭޝަންގައި އަލިފާން ރޯވެފައިވާ މަންޒަރު ފެންނަ ވީޑިޔޯތަކެއް ވަނީ އާންމުވެފައެވެ.
އެ ހާދިސާގައި އެ ތަނުގެ ފާރާއި، ފުރާޅާއި، ޕްލެޓްފޯމަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައި ރަޝިޔާގެ އޮފިޝަލުން ވިދާޅުވެއެވެ.