ކައިވެނި ނުކޮށް ހުންނަނީ ދަރިން ގަބޫލު ނުވާތީ ކަމަށް ސުޝްމީތާ ހާމަކޮށްފިއެވެ.
ސުޝްމީތާ ހާމަކޮށްފައިވާ ގޮތުގައި އޭނާ ކައިވެނި ކުރަން ދަރިން ކައިރީ އަހާފައިވާނެ ކަމަށާއި ނަމަވެސް އެކަމަކީ އެކުދިން އެހާ ބޭނުންވާ ކަމެއް ނޫން ކަމަށެވެ.
އެގޮތުން އެކުދިން ބޮޑުވެފައިވަނީ ބައްޕައަކާއި ނުލައި ހަމަ އެކަނި ސުޝްމީތާގެ ބެލުމުގެ ދަށުން ކަމުން އެކުދިން ބައްޕައެއް ބޭނުން ނުވާ ކަމަށް ބުނާ ކަމަށް ސުޝްމީތާ ވަނީ ހާމަކޮށްފައެވެ. އޭނާ ކައިވެނި ނުކޮށް ހުންނަ ސަބަބަކީ ވެސް އެއީ ކަމަށް ސުޝްމީތާ ވަނީ ބުނެފައެވެ.
އެ ކުދިންގެ ކާފައަކީ ބައްޕަ ފަދަ މީހެއް ކަމަށް ބުނެ ބައްޕައެއް ނުހޯދުމަށް ކޮންމެ ފަހަރަކުވެސް ބުނާކަމަށް ވެސް ސުޝްމީތާ ވަނީ ހާމަކޮށްފައެވެ.