ކެބެޖަކީ ހަންގަނޑަށާއި، ހަށިގަނޑުގެ ދިފާޢީ ނިޒާމަށް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ، ނިއުޓްރިއެންޓްސް އިން ފުރިގެންވާ ބާރުގަދަ ތަރުކާރީއެކެވެ.
ކެބެޖުގައި ގިނަ އަދަދަކަށް ބީޓާ ކެރޮޓިން އާއި ވިޓަމިން ސީ އެކުލެވިގެންވެއެވެ. މި މާއްދާތަކުގެ ސަބަބުން ހަށިގަނޑުގައިވާ ސެލްތަކަށް ގެއްލުންދޭ މާއްދާއެއް ކަމަށްވާ ފްރީ ރެޑިކަލްތަކުން ހަށިގަނޑު ރައްކާތެރިކޮށްދެއެވެ.
ނަފްސާނީ މަސައްކަތާއި ސަމާލުކަމަށް ބޭނުންވާ ވިޓަމިން ކޭ އާއި އެންތޮސަޔަނިންސް ކެބެޖުގައި ގިނަ އަދަދަކަށް އެކުލެވިގެންވެ އެވެ. މި މާއްދާތަކަކީ ނާރުތައް ރައްކާތެރިކޮށްދީ، އަލްޒައިމާސް އާއި ޑިމެންޝިއާފަދަ ބަލިތަކުން ދިފާޢުކޮށްދޭ މާއްދާތަކެކެވެ. މި ނިއުޓްރިއެންޓްތައް އެންމެ ގިނައިން އެކުލެވިގެންވަނީ ރަތް ކެބެޖުގައެވެ.
ހަކުރު ބަލި ތަހައްމަލު ކުރަމުން ދާ ފަރާތްތަކުން ހަފްތާއަކު މަދުވެގެން ތިން ފަހަރު ކެބެޖް ބޭނުން ކުރުމުން ހަކުުރުގެ މިންވަރު އެއްވަރެއްގައި ބެހެއްޓުމަށް އެހީތެރިވެ އެވެ. އީޭގެ ބަދަލުގައި ކޮންމެ ދުވަހަކު ދެ ފަހަރު ކެބެޖް ޖޫސް ވެސް ބޭނުން ކުރެވިދާނެ އެވެ.