އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބ.ފުޅަދޫ ފެނަކަ އައު އޮފީސް އިމާރާތް ހުޅުއްވައި ދެއްވައިފިއެވެ.
ރައީސް ޞާލިޙް ފުޅަދޫ ފެނަކަ އައު އޮފީސް އިމާރާތް ހުޅުއްވައިދެއްވީ ބ.އަތޮޅުގެ ރަށްރަށަށް ފެށްޓެވި ދަތުރުފުޅުގައި މިއަދު ހެނދުނުއެވެ.
ފުޅަދޫ ފެނަކަ އައު އޮފީސް އިމާރާތަކީ ދަތިނުވެ 15 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް ޒަމާނީ އޮފީސް އިމާރާތެކެވެ.
އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ 538 ކިލޯވޮޓްއެވެ. ފުޅަދޫ އިންޖީނުގެ އާ ފެނަކަ އައު އޮފީސް އިމާރާތްކޮށްފައިވަނީ ރަށުގެ މީހުން އުޅޭ ސަރަހައްދާއި ދުރުގައެވެ.
މީގެއިތުރުން ރައީސް މިއަދު ވަނީ ފުޅަދޫ އަދި ފެހެންދޫގެ ބަނދަރު ހެދުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވައިފައެވެ.