ރާއްޖޭގައި ދީނުގެ އިލްމު ފެތުރެއްވުމުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް ޢުޘްމާން ޢަބްދުﷲ ގެ ޖަނާޒާ މިއަދު ޢަޞްރު ނަމާދަށްފަހު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޝައިޚް ޢުޘްމާން ޢަބްދުﷲ މޫނު ދެއްކުން މިއަދު މެންދުރުނަމާދަށްފަހު އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށެވެ. އަދި ކަށުނަމާދު ކުރުން އޮންނާނީ އިސްލާމީ މަރުކަޒުގައި މިއަދު ޢަޞްރު ނަމާދަށްފަހުގައި ކަމަށެވެ.
ޢުމުރުފުޅުން 80 އަހަރުގައި ޝައިޚް އުޘްމާން އަވަހާރަވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.
ޝައިޚް އުޘްމާނަކީ ޒަކާތާބެހޭ އޮފީހުގެ އިތުރުން ޑިޕާޓްމަންޓް އޮފް ރިލިޖަސް އެފެއާޒާއި މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒްގަޔާއި އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.