އަވަށްޓެރި ސުރީލަންކާގެ ބައެއް ސަރަހައްދުތަކުގައި ބުއިމަށް ސަޕްލައި ފެން ބޭނުންކުރުން މަނާކޮށްފިއެވެ.
ލަންކާގެ ނެޝަނަލް ވޯޓާ ސަޕްލައި އެންޑް ޑްރެއިނޭޖް ބޯޑުން ވަނީ އެ ގައުމުގެ އަނޫރާދަޕުރާ އާއި ޕޮލޮންނަރުވާގެ އިތުރުން ކުރުނެގާލާ ސަރަހައްދުތަކުގައި ބުއިމަށް ސަޕްލައި ފެން ބޭނުންނުރުކުރުމަށް އަންގާފައެވެ.
އެސަރަހައްދުތަކުގައި ބުއިމަށް ސަޕްލައި ފެން ބޭނުންކުރަން މަނާކޮށްފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން ވާރޭ ނުވެހުމުގެ ސަބަބުން ފެން ލިބުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން ކަމަށް އޮފިޝަލުން ބުނެއެވެ.
ލަންކާގެ ފެނާބެހޭ ބޯޑުގެ އޮފިޝަލުން ވަނީ ފެނުގެ ދަތިކަން ހުރި ސަރަހައްދުތަކަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި 300 ބައުޒަރުގައި އެ ސަރަހައްދުތަކަށއ ފެން ސަޕްލައި ކުރުމަށް ދަތުރު ފަށާފައިވާ ކަމަށް ބުނެފައެވެ.
ވެރިރަށް ކޮލަމްބޯގައި ފެން ނުލިބުމުގެ ދަތިކަން ކުރިޔަށް އޮތް 2 މަސްދުވަހަށް ނެތް ކަމަށް ލަންކާގެ ފެނާބެހޭ އިދާރާއިން ވަނީ ބުނެފައެވެ.
އެ ގައުމުގެ މޫސުމާބެހޭ އިދާރާއިން ވަނީ އަންނަ އޮކްޓޫބަރު މަހާއި ހަމައަށް ލަންކާގެ ބައެއް ސަރަހައްދުތައް ފެނަށް ޖެހޭނެ ކަމަށް ބުނެފައެވެ.