ރިޔާސީ އިންތިޚާބު ނިމިގެންދާއިރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަން ނިމި ޕީޕީއެމް/ޕީއެންސީގެ ކުލަގަދަވާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
އާދަމް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބަށްފަހު ޕީޕީއެމް އެއްކޮށް ފޮހެވިގެންދާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކެމްޕޭން ތަރުޖަމާނު ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ މިއަދު ވިދާޅުވުމުން އެކަމާ ގުޅިގެންނެވެ.
އެކަމަށް ރައްދު ދެއްވައި އާދަމް ޝަރީފް ވިދާޅުވީ ރިޔާސީ އިންތިޚާބު ނިމިގެންދާއިރު ރައީސް ޞާލިޙްގެ ވެރިކަން ނިމޭނެ ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ކުލަގަދަވާނެ ކަމަށެވެ.
”މުޢިއްޒުގެ އިޚުލާސްތެރިކަން ސާބިތުކޮށްދެއްވާނެ. ރައީސް ޔާމީން މިނވަން ކުރާނެ“
އާދަމް ވިދާޅުވީރައީސް ޞާލިޙްގެ އެކުވެރި ރައީސް ނަަޝީދަށް ހެދި އިހާާނެތި ގޮތް ރައީސް ޔާމީނަކަށް ޑރ.މުޢިއްޒު ނުހައްދަވާނެކަން ޔަގީން ކަމަށެވެ.
އިންތިޚާބު ނިމުމުން ފިއްލަވައިވަޑައިނުގަތުމަށް ވެސް އާދަމް ގޮވާލެއްވިއެވެ.