ރިޔާސީ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ގައުމުތަކުގައި ވޯޓުލުމަށް ހަމަޖެހިފައިވާ ވަގުތުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އާންމުކޮށްފިއެވެ.
އަންނަ ސެޕްޓެމްބަރު 09 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ފަސް ގައުމެއްގައި އަށް ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
އެ ގައުމުތަކަކީ:
އިންޑިއާ (ޓްރިވެންޑްރަމް)
ސްރީލަންކާގެ (ކޮލަމްބޯ)
އިނގިރޭސިވިލާތު (ލަންޑަން)
މެލޭޝިއާ (ކުއަލަލަމްޕޫރް)
އެކުވެރި ޢަރަބި ޢިމާރާތް (އަބޫ ދާބީ)
އީސީން މިއަދު ކުރި އިއުލާނުގައި ވަނީ މި ގައުމުތަކުގައި ވޯޓުލުމަށް ހަމަޖެހިފައިވާ ވަގުތުތައް އާންމުކޮށްފައެވެ. އީސީން ބުނީ ވޯޓުލުމަށް ހަމަޖެހިފައިވާ ވަގުތު ބަޔާންކޮށްފައިވަނީ އެ ގައުމެއްގެ ގަޑިން ކަމަށެވެ.
ޓްރިވެންޑްރަމާއި ކޮލަމްބޯއާއި ލަންޑަނުގައި ވޯޓުލުން ފެށުމަށް ހަމަޖެހިފައިވަނީ 08:30 ގައެވެ. އަދި ވޯޓުލުން ނިންމާ ގަޑިއަކީ 16:30 އެވެ.
އަބޫ ދާބީގައި ވޯޓުލުން ފެށުމަށް ހަމަޖެހިފައިވަނީ 09:00 ގައެވެ. އަދި ވޯޓުލުން ނިންމާ ގަޑިއަކީ 17:00 އެވެ. ކުއަލަލަމްޕޫރްގައި
ވޯޓުލުން ފެށުމަށް ހަމަޖެހިފައިވަނީ 11:00 ގައެވެ. ވޯޓުލުން ނިންމާ ގަޑިއަކީ 19:00 އެވެ.