ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަކީ އެމްޑީޕީއަށް ޗެލެންޖެއް ނޫން ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކެމްޕޭން ތަރުޖަމާނު ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.
މާރިޔާ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ މުޢިއްޒަށް ބަހުގެ ހަމަލާތައް ދެއްވަނީ މުޢިއްޒަކީ ރައީސް ޞާލިޙަށް އޮތް އެންމެ ބޮޑު ޗެލެންޖަށްވުމުންތޯ ސުވާލުކޮށްފައެވެ.
އެގޮތުން މާރިޔާ ވިދާޅުވީ ރައީސް ޔާމީންގެ ދައުރުގައި ހައުސިންގ މިނިސްޓަރުގެ ގޮތުގައި ހުންނަވައިގެން ރައީސް ޔާމީންގެ ހުރިހާ ކަމަކަށް ވާގިވެރިވެފައިވާ ބޭފުޅެއްކަމަށްވާތީ އެ ވާހަކަތައް ނުދައްކައި ކުރިއަށްދެވެން ނެތް ކަމަށެވެ.
“ކޮންމެހެން މުޢިއްޒު އެއީ އަޅުގަނޑުމެންނަށް ޗެލެންޖަކަށްވެގެން ދައްކާ ވާހަކައެއް ނޫން.“
މާރިޔާ ވިދާޅުވީ މުޢިއްޒު ޕީއެންސީގެ ޓިކެޓުގައި ނުކުމެވަޑައިގަންނަވަނީ “އެ ނޫން މީހާ“ ކަމަށް ހެދިވަޑައިގަންނަވަން ކަމަށެވެ.
ރައީސް ޞާލިޙަށް ޗެލެންޖަކަށް ނުބިޔަސް މާރިޔާ އަށް އެއީ ޗެލެންޖެއް. އަޅައިގަނެގެން ނެއްޓެން ނޭގިގެން ތިޔައުޅޭ ލަދުހަޔާތްކުޑަގޮތް ބަލާބަލަ. ލަދުން ބޯހަލާކު!