މިއަދުން ފެށިގެން ދިވެހިންނަށް ވިސާއާ ނުލައި ކިރިގިސްތާނަށް ދެވޭ ގޮތް އެ ގައުމުން ހަދައިފިއެވެ.
ވިސާއަށް ލުއިދިނުމަށް ރާއްޖެއިން ކިރިގިސްތާނާއެކު އެއްބަސްވުމެއްގައި ސޮއިކުރީ 2022 ސެޕްޓެމްބަރުގައެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ޑިޕްލޮމެޓިކް, އޮފިޝަލް އަދި އާންމު ޕާސްޕޯޓު ގެންގުޅޭ މީހުންނަށް ވިސާއާ ނުލައި މިހާރު ކިރިގިސްތާނަށް ދެވޭނެ ކަމަށެވެ.
ވިސާއާ ނުލައި ދެވޭނީ މަދުވެގެން 30 ދުވަހުގެ މުއްދަތަށް އެ ގައުމަށް ދަތުރުކުރާނަމަ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ކިރިގިސްތާނަށް ދަތުރުކުރާ ދިވެހިންގެ ތެރެއިން ކިޔެވުމަށާއި ވަޒީފާއަށް ނުވަތަ ވިޔަފާރިކުރުންފަދަ ދިގު މުއްދަތެއް ނަގާ ކަމެއްގައިދާނަަ ވިސާ ނަގަންޖެހޭނެ ކަމަށެވެ.