ބިންވެރިޔާގެ ސްކީމުގެ ދަށުން ގުޅި ފަޅު ހިއްކައި ގޯތި ދޭން މި ސަރުކާރުން ކުރަން އުޅޭ ކަމަކީ ނުބައި ސްކޭމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވައިފިއެވެ.
ނަޝީދު މިހެން ވިދާޅުވީ ރޭ ޑިމޮކްރެޓްސްއިން ބޭއްވި ރިޔާސީ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ނަޝީދު ވަނީ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ދޫކުރުން ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ހިންގަވާ ޕޮންޒީ ސްކޭމަށް ވުރެ ނުބައި ސްކޭމެއް ކަމަށް ސިފަކުރައްވައިފިއެވެ.
މާލޭގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ބޯހިޔާވާވަހިކަން ކަން ރިޔާސީ އިންތިހާބަށް ކުރިމަތިލާ ކޮންމެ ކެނޑިޑޭޓަކަށް އެނގޭ ކަމަށާއި އެކަމުގެ ނާޖާއިޒް ފައިދާ އިންތިޚާބާ ދިމާކޮށް މި ސަރުކާރުން ނަގާފައިވާ ކަމަށް ނަޝީދުވަނީ ވިދާޅުވެފައެވެ.
ހަމަ އެހެންމެ ގޯތި ދޭން ގުޅީ ފަޅު ހިއްކިދާނެކަމާމެދު ވެސް ރައީސް ނަޝީދު ވަނީ ސުވާލު އުފައްދަވާފައެވެ.
ގުޅީ ފަޅުގެ ފުންމިނުގައި 25 މީޓަރު އެބަހުރި ކަމަށާއި 2010 ވަނަ އަހަރު ގުޅިފަޅު ހިއްކީ އޭގެ އެއް ބައި ކަމަށާއި ހިއްކުމަަށް ފަހުގައި ފާހަގަވީ އަދި ހިއްކަމުން ދިޔައިރުވެސް ފާހަގީވީ ހަގީގަތަކީ އޭގެ ފުންމިނަށް ހިއްކުމުގައި ހުރި އަގު ކަމަށް ނަޝީދު ވިދާޅުވިއެވެ.
މިގޮތުން އާންމު ގޮތެއްގައި އެއް އަކަމީޓަރު ހިއްކުމަށް 20 ޑޮލަރު ހަރަދުވާ ކަމަށާއި ގުޅިފަޅުގައި 20 މީޓަރު އެބަހުރި ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެހެންކަމުން 20 މީޓަރުން އަޑިއަށް 20 ގުނަ ގުޅީ ފަޅުގެ ކޮންމެ އަކަ މީޓަރެއްގެ ބިން އަގު ބޮޑުވެގެންދާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ގުޅީ ފަޅުން ބިން ހިއްކާފައި ދޭނެ ގޯތީގެ އަދަދު މިހާތަނަށް އަާންމުކޮށްފައިވާ ހިސާބުގައި ފެންނާން ވެސް ނެތް ކަމަށާއި އެހެން ނަމަވެސް ގޯތި ތަކެއް ދޭނެ ކަމަށް ބުނެ ޗާޓުތަކަށް ނެރެފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.