ރަޝިޔާ އާއި ޔޫކްރޭން ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ރަޝިޔާ ސިފައިންގެ ތެރެއިން އިސްކޮށް އުޅުއްވާ ފަރާތްތަކާއި އެ ޤައުމުގެ ރައީސް ވްލަޑިމިއަރ ޕޫޓިން ބައްދަލު ކުރައްވައިފިއެވެ.
ރައީސް ޕޫޓިންގެ އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ އަސްކަރީހާއްސަ އޮޕަރޭޝަން ކުރިއަށް ގެންދާ ސަރަހައްދެއްގެ ހެޑްކުއާޓަރސްގައި ހުންނަވައިގެންނެވެ.
އޭގެ އިތުރުން ރައީސް ޕުޓިން ވަނީ މޮސްކޯގެ އަސްކަރީ އޮޕަރޭޝަންތަކުގެ ޗީފް އޮފް ޖެނެރަލް ސްޓާފުގެ އިތުރުން ވެސް އިތުރު އިސް ޖެނެރަލުންނާ ބައްދަލު ކުރައްވާފައެވެ.
އެ ބައްދަލުވުންތަކާއި ގުޅޭ މާ ގިނަ ތަފްސީލުތައް ހާމަކޮށްފައެއް ނުވެއެވެ.