ސިފައިންގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ސާޖަންޓް މުޙައްމަދު އަޙްމަދު ދީދީ މިއަދު ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.
ސާޖަންޓް މުޙައްމަދު ނިޔާވެފައިވަނީ މިއަދު ނޯތު ހާބަރުގައި ހުންނަވަނިކޮށް ކުއްލިއަކަށް ހޭނެތިގެން ވެއްޓުމާ ގުޅިގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށެވެ.
ސާޖަންޓް މުޙައްމަދު ވަނީ 26 އަހަރަށްވުރެ ގިނަ ދުވަހު ސިފައިންގެ ޚިދުމަތުގައި އުޅުއްވައިފައެވެ.
ސާޖަންޓް މުޙައްމަދު ނިޔާވީ އުމުރުން 45 އަހަރުގައެވެ.