ވ. އަތޮޅުގައި ތަނެއް ހިއްކައިގެން ވިޔަސް ނޫނީ ފިނޮޅެއްގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުމަކީ އިގްތިސާދު ކުރިއަރާނެ ކަމެއް ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު އެ ފަދައިން ވިދާޅުވީ ވ. ފުލިދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ވ. އަތޮޅުގެ ރައްޔިތުންނާއި އެހެން ރަށް ރަށުގެ މީހުން ދަތުރު ދާން ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުމަކީ މުހިންމު ކަމެއް ކަމަށާއި އެގޮތުން ތަނެއް ހިއްކައިގެން ވިޔަސް ނޫނީ ފިނޮޅެއްގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުމަކީ އިގްތިސާދު ކުރިއަރާނެ ކަމެއް ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޑރ. މުއިއްޒު ވިދާޅުވީ އެހެންވެ އެންމެ ރަނގަޅު ދިމާލެއްގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރައްވާނެ ކަމަށެވެ.