ެކެމްޕޭނަށް ހުރަސްއަޅައި އަނިޔާވެރިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން މިރޭ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވެފައި މިވަނީ މިއަދު ހަވީރު ކ.ގުރައިދޫގައި ޕީޕީއެމްއާއި އެމްޑީޕީގެ ސަޕޯޓަރުންގެ މެދުގައި ބޮޑު ހަމަނުޖެހުމެއް ހިންގައި ދެ މީހެއްގެ ބޯ ފަޅާލައިފައި ވަނިކޮށެވެ.
އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކެމްޕޭނު ކުރުމުގައި ވެސް އަދި ކެންޑިޑޭޓަކަށް ތާއީދުކުރާކަން ހާމަކުރުމުގައި ވެސް އެއްވެސް ފަރާތަކުން ތަހުޒީބު މުޖުތަމައުތަކުގައި ގެންގުޅޭ ހަމަތަކުން އެއްކިބާވެ ކެމްޕޭނަކަށް ހުރަސްއަޅާ އަނިޔާވެރިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އެކަން ފާހަގަކުރައްވައި އިމްރާން ވަނީ މިފަދަ ކަންކަމުން ދުރުވެތިބުމަށް ގޮވާލައްވައިިފައެވެ.
ގުރައިދޫގައި ހަމަނުޖެހުން ހިނގީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު އެ ރަށަށް ވަޑައިގަންނަވާތީ އެކަމާ ދެކޮޅަށް އަޑުއުފުލުމަށް އެމްޑީޕީގެ ސަޕޯޓަރުންތަކެއް ނުކުތުމުން އިދިކޮޅުގެ ސަޕޯޓަރުންނާ ދެމެދު ހިނގި ބަހުގެ ހަމަލާތައް ހޫނުވުމާ ގުޅިގެންނެވެ.
މި މާރާމާރީގައި އެމްޑީޕީއާއި ޕީޕީއެމްގެ ދެ ސަޕޯޓަރެއްގެ ބޯ ފަޅާލައިފައިވާއިރު މި ހަމަނުޖެހުމާ ގުޅިގެން 22 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.
ރަށްރަށަށް ފުލުހުން އަރުވާ އަނިޔާކޮށް ފުރަގަހަށް ބިޑިއަޅުވާ،ކޮރޮސްކޮށް ޚިޔާލުފާޅުކުރުމާއި މިނިވަންކަން ގާނޫނާ ޚިލާފަށް ހިފެހެއްޓުން ކަލެއަށް ބަލައިގަނެވޭދޯ؟