އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ހުންނެވީ ބައެއްގެ އަތް ދަށުގައި ފިތި ބާރުވެފައި ކަމަށާއި އޭނާ ރިޔާސީ ރޭހަށް ނުކުމެވަޑައިގެންނެވީ ރައީސް ޞާލިޙް ސަލާމަތްކޮށްދެއްވަން ކަމަށް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޤާސިމް މިހެން ވިދާޅުވީ ށ.ކަނޑިތީމުގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައެވެ.
މި ޖަލްސާގައި ޤާސިމް ވަނީ ރާއްޖޭގެ ދެކުނުގެ އީއީޒެޑް ކަނޑައެޅުމުގެ މައްސަލައާއި ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލާގައި ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ޤާސިމް ވިދާޅުވީ ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާކަމަށް ބަޔާންކުރައްވައި ރައީސް ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީ ފޮނުއްވީ ބައެއްގެ އަތް ދަށުގައި ފިތިފައި ހުންނެވުމުން ކަމަށެވެ.
“އަޅުގަނޑަށް ވިސްނޭ ގޮތުގައި ކޮންމެވެސް ބައެއްގެ އަތް ދަށުގައި ފިތި ބާރުވެފައި އެ ހުންނެވީ. އެއްވެސް ފަރާތަކަށް ގުޑިލެވޭނެ ފުރުސަތެއް ނެތީ.“
ޤާސިމް ވިދާޅުވީ އޭނާ ރިޔާސީ ރޭހަށް ނުކުމެވަޑައިގެންނެވީ ރައީސް ޞާލިޙް ސަލާމަތްކޮށްދެއްވަން ކަމަށެވެ.
ގާސިމަކީ ޢަހަރެންގެ ވަރަށްގަދަރުކުރާމީހެއް އެކަމަކު އެގަދަރުމިއަދު ވެއްޔާމޮޑެވިއްޖެ އެއީއިބްރާހީމް މުހައްމަދު ސާލިހު ސަލާމަތްކުރަށޭ ތިމަންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލީ ބުނިހިސާބުން ކުރީގަ ޢަހަރެންނާ އަހަރެންގެ ޢާއިލާ ނިންމައިގެންތިބީ ގާސިމްނޫން ޢެހެންފަރާތަކަށް ވޯޓް ނޭޅުމަށް ނިއްމާފައެވެ. ނަމަވެސް މިނިއްނުން މިއަދުންފެށިގެންބަދަލުވީއެވެ. އެގެއްލުނީ11ވޯޓެވެ.
އިބްރާހިމް މުހައްމަދު ސާލިހައް ސަޕޯޓްކުރާ މީހަކާ އަހަރެންނާ ޣައިކޮޅުގައިގާދުރު