ޑރ.މުޙައްމަދު މުޢިއްޒަކީ ޕީޕީއެމް/ޕީއެންސީގެ ސެނެޓުގެ ވޯޓު ބައްލަވައިގަނެގެން ރިޔާސީ ރޭހަށް ނުކުމެވަޑައިގެން ހުންނެވި
އެމްޑީޕީގެ އެޖެންޓެއް ކަމަށް ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު މިއަދު ވިދާޅުވެއްޖެއެވެ.
ދާދިފަހުން ޕީޕީއެމްއިން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ޑރ.ވަޙީދު މިހެން ވިދާޅުވީ ށ.ގޮއިދޫގައި މިއަދު ބޭއްވި ޤާސިމް އިބްރާހިމްގެ ކެމްޕޭން ޖަލްސާއެއްގައެވެ.
ޕީއެންސީގެ ރިޔާސީ ޕްރައިމަރީގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރާ ވާދަކުރައްވައި މުޢިއްޒު ޓިކެޓް ކަށަވަރު ކުރެއްވީ ޕީޕީއެމް/ޕީއެންސީ ސެނެޓުގެ 25 މެންބަރުންގެ ވޯޓާއެކުއެވެ.
ޑރ.ވަޙީދު ވިދާޅުވީ ޕީޕީއެމްގެ ކެންޑިޑޭޓެއް މިފަހަރު ނެތް ކަމަށާއި މިއަދު ހުރީ ކުޑަކުޑަ ޕާޓީއަކުން [ޕީއެންސީއިން] ނުކުމެވަޑައިގެން ހުންނެވި އެމްޑީޕީގެ އެޖެންޓެއް ކަމަށެވެ.
އެމްޑީޕީ މީހުން ބުނާ ގޮތުންވިއްޔާ އެ ބޭފުޅުންގެ އެޖެންޓެއް. އެމީހުން ފައިސާ ދީގެން ވޯޓު ގަތް ބޭފުޅެއް.“ މުޢިއްޒަށް އިޝާރަތްކުރައްވަމުން ވަޙީދު ވިދާޅުވިއެވެ.
އެހެންކަމުން އިދިކޮޅު ކެންޑިޑޭޓަކު ނެތް ކަމަށާއި ޤާސިމް ފިޔަވައި ވޯޓު ދޭންޖެހޭވަރުގެ ބޭފުޅެއް ނެތް ކަމަށް ވަޙީދު ވިދާޅުވިއެވެ.
ޑރ.މުޢިއްޒަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ އެޖެންޓެއް ކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވެސް މީގެކުރިން ވަނީ ވިދާޅުވެފައެވެ.
“ޕީޕީއެމްގެ ސެނެޓް [25 ވޯޓު] މުޢިއްޒު ގަތީ އިބްރާހިމް ފައިސާ ދީގެން.“ އާޒިމް ވިދާޅުވެފައިވެއެވެ.
ޑރ. ވަހީދު ވެސް ވެރި ކަމުގެ އަވާ ގައި ރަނގަޅަށް ޖެހިއްޖެ. ވޭތުވެދިޔަ ތަނުގައި ލިބުނު ފިލާވަޅުތަކުން އިބްރަތެއް ހާސިލެއް ނުވެވުނު ތާ. ވެރ ކަމުގައި ހުންނަވައި ކުރިމަތިލެއްވުމުން އެންމެ 5 ޕަސެންޓް ލިބުމުން ދެން ކާކުތޯ ޓިކެޓް ދޭނީ. މުއިއްޒަކީ ކާމިޔާބު ހޯއްދަވާ ފައި ހިންނެވި ބޭފުޅެއް. މޭޔަރު ކަން ހޯއްދެވީ ބޮޑު ތަނުން. ތި ގޮވަނީ ކޮސް. މިހާރު ގޮސް ތިހިރީ ބާކީ ވަމުން ގޮސް އެންމެ ބޮޑު ބާކީ ތޮއްވަރިއަށް ވަދެފައި. ދެރަވަރު ދޯ.