ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގަންނަވަނީ މި ސަރުކާރުން ހިންގާ މަޝްރޫއުތައް ހިންގައިދެއްވަން ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކެމްޕޭން ތަރުޖަމާނު ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދުދީދީ މިއަދު ފާޑުވިދާޅުވެއްޖެއެވެ.
މާރިޔާ ޑރ.މުޢިއްޒަށް ފާޑުވިދާޅުވީ މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
“ކޮންމެ ފަހަރަކު ވެސް ވައުދެއް މި ވެވަޑައިގަންނަވަނީ އަޅުގަނޑުމެންގެ ހިނގަމުންދާ މަޝްރޫއުއަކަށް. ހަމައެކަނި ކުރަން ބުނެފައި އޮންނަ ކަންކަމެއް ނޫން. ހިނގަމުންދާ މަޝްރޫއުތައް, ތިމަންނާ ވެރިކަމަށް އައިސްފިއްޔާ މިކަން ކުރާނަމޭ ވިދާޅުވެ.“
އެގޮތުން މުލީގައި އެއާޕޯޓް އެޅުމުގެ ވާހަކަ ދެއްކެވިއިރު އެ ކަމަކީ މި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުއެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.
މ.މުއްޔަށް ވަޑައިގެން ޑރ.މުޢިއްޒު އިއްޔެ ވިދާޅުވީ މުލީގައި އެއާޕޯޓެއް އެޅުމަކީ އިދިކޮޅުގެ ލީޑަރު ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ތަސައްވުރެއް ކަމަށާއި އެކަން ކުރުމަށްޓަކައި 2018 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނުއްވި ކަމަށެވެ. އަދި އެ މަސައްކަތް ވެސް ފެށްޓެވި ކަމަށާއި ނަމަވެސް އެކަން މިހާރު ކުރިއަށް ނުދާ ކަމަށް ވިދާޅުވެ މުޢިއްޒު ވަނީ އޭނާގެ ވެރިކަމެއްގައި ބާރު ސްޕީޑުގައި އެކަން ކުރިއަށް ގެންގޮސް ނިންމަވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
އެއްވެސްކޮމެންޓެން ގެނެސްނުދޭތީ ދެރައީ މީގައިދެ ކޮމެންޓުކުރާށޭ
މިސަރުކާގެ މަސްރޫތަކާ ކަންކުރާހިންގާގޮެިކަމުނުދާތީނުމިއުޅެނީ ދެންކީވެ މިސަރުކާރުގެކަންތައްއިއާދަކުރަށްވީ ތީހަމައޮޅުމެން
މިހިނގާ ސަރުކާރުން ހިންގާފައިވާ މަޝްރޫޢު ތަކަކީ މީގެކުރީގެ ސަރުކާރުތަކުން ހިންގާފައިވާ ކަންކަން. އާކަމެއް ނުކުރޭ! ކުރަން ނުވެސް އެނގޭ!
އެކަމަކު މުއިއްޒު ނުކުރާނެކަމެން.ގާނޫނީއަސާސީއަށް ކޮޅުފައިންއެރުމާ މައިކުކާރީހުރެ ކަރުންނާރުފުއްޕާގެން ހުރެބެވުމާހަޅޭލެވުން. انشاالله