ހއ.ދިއްދޫ ސިޓީއަކަށް ބަދަލުކޮޮށް ދެއްވާނެ ކަމަށް ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް ވައުދުވެވަޑައިގެންފިއެވެ.
އިލްޔާސް މި ވައުދުވެވަޑައިގެންނެވީ ދިއްދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ދެއްކެވި ވާހަކައިގައެވެ.
ދިއްދޫއަކީ ބޮޑު އާބާދީއެއް އޮންނަ ރަށެއްކަން ފާހަގަކުރައްވަމުން އިލްޔާސް ވިދާޅުވީ އެ ރަށުގެ ބިމުގެ ޖާގަ އިތުރުކޮށް އެ ރަށް ސިޓީއަކަށް ބަދަލުކޮށްދިނުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށެވެ.
އަދި އަލިދުއްފަރު ފިނޮޅަކީ ދިއްދޫގެ ބައެއްގެ ގޮތުގައި ހިމެނުމަކީ އެ ރަށުގެ ރައްޔިތުންގެ އެދުމެއް ކަމަށްވާތީ އެކަމުގައި އޭނާގެ ވެރިކަމެއްގައި އެހީތެރިވެދެއްވާނެ ކަމަށެވެ.
އޭނާ ވަނީ ދިއްދޫގައި ވަޒީފާތައް އިތުރުކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.