ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ އެސިސްޓެންޓް ކެމްޕޭން މެނޭޖަރަކަށް ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ޢަބްދުލްކަރީމް (ރުކުމާ) ހަމަޖައްސަވައިފިއެވެ.
މުޢިއްޒުގެ ސްޕޯކްސްޕާސަން މުޙައްމަދު ޠޮލާލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުޢިއްޒުގެ އެސިސްޓެންޓް ކެމްޕޭން މެނޭޖަރަކަށް މުޙައްމަދު ޢަބްދުލްކަރީމް ހަމަޖައްސަވާފައިވާ ކަމަށެވެ.
އަދި އެސިސްޓެންޓް ކެމްޕޭން މެނޭޖަރެއްގެ ގޮތުގައި ޕީޕީއެމްގެ ސެނެޓަރު މުޢާޒް މުޙައްމަދު ރަޝީދު ވެސް ހަރަކާތްތެރިވެވަޑައިގަންނަވާނެ ކަމަށް ޠޮލާލް ވިދާޅުވިއެވެ.
މުޢިއްޒުގެ ކެމްޕޭން މެނޭޖަރުގެ ގޮތުގައި މަސައްކަތް ކުރައްވަނީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ކެމްޕޭން މެނޭޖަރަކަށް ހަމަޖެއްސެވި މުޙައްމަދު އަމީނެވެ.