މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ކައުންސިލް މެންބަރަކު އެ ޕާޓީގެ ނައިބު ރައީސް ޢާއިޝަތު ރަފިއްޔާއަށް ހަމަލާދިން ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.
އަވަސް ނޫހަށް މައުލޫމާތު ދެއްވަމުން ރަފިއްޔާ ވިދާޅުވީ އެމްޑީއޭގެ ކައުންސިލް މެންބަރު މުޙައްމަދު ޢައްބާސް މިދިޔަ ބުރާސްފަތި ދުވަހުގެރޭ އޭނާގެ ބަނޑުގައި ޖަހާފައިވާތީ އެ މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
ޢައްބާސް އޭނާގެ ބަނޑުގައި ޖަހާފައިވާތީ ޑޮކްޓަރަށް ވެސް ދައްކާފައިވާ ކަމަށާއި ޑޮކްޓަރުގެ ލަފާގެ މަތިން މިހާރުން ބެޑް ރެސްޓްގައި އޮންނެވިކަމަށް ވެސް ރަފިއްޔާ ވިދާޅުވިއެވެ.
މި މައްސަލައާގުޅޭ ގޮތުން ފުލުހުންގެ ބަހެއް ލިބޭ ގޮތެއް ނުވެއެވެ.