އަންނަ ރިޔާސީ އިންތިޚާބުގައި މޮނިޓަރުންނާއި އޮބްޒާވަރުންނާއި މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޖުމްލަ 9887 ފޯމު ހުށަހަޅައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކޮންމެ ވޯޓުލާ މަރުކަޒެއްގައި ކޮންމެ ޕާޓީއަކުން ނުވަތަ ކޮންމެ ކެންޑިޑޭޓެެއް ފަރާތްޕުޅުން މަންދޫބަކު ބެހެއްޓުމަށް ހުޅުވައިލި ފުރުސަތު އޮގަސްޓް 17 އަށް ހަމަވިއިރު 1735 މަންދޫބުންގެ އެޕްލިކޭޝަން އީސީ އަށް ލިބިފައިވާ ކަމަށެވެ.
އޭގެތެރޭގައި ހިމެނެނީ:
އެމްޑީޕީ 458 ފޯމު
ޖޭޕީ 217 ފޯމު
ޕީއެންސީ 548 ފޯމު
އެމްއެންޕީ 271 ފޯމު
ދަ ޑިމޮކްރެޓްސް 241 ފޯމު
ޙަބީބް ވިދާޅުވީ ރިޔާސީ އިންތިޚާބު އޮބްޒާވް ކުރުމަށް 4545 މޮނިޓަރުންނާއި 3607 އޮބްޒާވަރުންނާއި 1735 މަންދޫބުންނާއެކު ރާއްޖެއިން ލިބިފައިވަނީ ޖުމްލަ 9887 އެޕްލިކޭޝަން ކަމަށެވެ. އަދި އެޕްލިކޭޝަންތަކުގެ ސައްހަކަން ކަށަވަރުކޮށް އެކްރެޑިޓް ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.