އާލިއާ ބަޓް ލިޕްސްޓިކް ޖެއްސުމުން އޭނާގެ ފިރިމީހާ ރަންބީރު ކަޕޫރު ހިތްހަމަ ނުޖެހޭ ކަމަށް އާލިއާ ހާމަކުރުމާއި އެކު އާއްމުންގެ ގިނަ ބަޔަކު އަންނަނީ ރަންބީރުއަށް ފާޑު ކިޔަމުންނެވެ.
އާލިއާ މިފަހުން ހާމަކޮށްފައިވާ ގޮތުގައި އެންމެ ފުރަތަމަ އެދެމީހުން ރައްޓެހިވި ދުވަހުން ފެށިގެން ރަންބީރު ވަނީ އާލިއާ ލިޕްސްޓިކް ޖެއްސުމުން ހަޑި ކަމަށާއި އާލިއާގެ ތުންފަތުގެ ކުލައަކީ ލިޕްސްޓިކްގެ ކުލައަކަށް ވުރެ ރީތި ކުލައެއް ކަމަށް ރަންބީރު ބުނެފައިވާ ކަމަށެވެ.
އަދި އެދުވަހުން ފެށިގެން އާލިއާ ލިޕްސްޓިކް ހާކަނީ ވަރަށް ކުޑަކޮށް ކަމަށާއި އާލިއާ ލިޕްސްޓިކް ގަދައަށް ޖައްސާފި ނަމަވެސް ރަންބީރު ފުހެން ބުނާ ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ. އަދި މާގަދައަށް މޭކަޕް ކުރުމަކީ ވެސް ރަންބީރު ފޫހިވާ ކަމެއް ކަމުގައި އާލިއާ ވަނީ ހާމަކޮށްފައެވެ.
އާލިއާ މިހެން ބުނުމާއި އެކު އާއްމުންގެ ގިނަ ބަޔަކު އަންނަނީ ރަންބީރަށް ފާޑު ކިޔަމުންނެވެ. އެގޮތުން ރަންބީރު އަންނަނީ އާލިއާ ދަށު ކޮށްގެން ކަމަށާއި އަމިއްލަ މިނިވަން ކަމާއި ބެހޭ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުން ނެވެ.