ބޮލީވުޑްގެ ބަތަލާ ޖާންވީ ކަޕޫރުގެ އެކްޓިންއަށް ފާޑު ކިޔަނީ މަންމަ ސްރީ ދޭވީގެ ހުނަރާއި އަޅުވާ ކިޔާފައި ކަމަށާއި އެކަމާ އޭނާ ދެރަވާ ކަމަށް ޖާންވީ ވަނީ ހާމަކޮށްފައެވެ.
އެގޮތުން މަންމަ އެކްޓިންގެ ހުނަރާ އެއްހަމައަކަށް ބޮލީވުޑްގައި އެތައް އަހަރެއް އުޅެފައި ތިބި އެއްވެސް މީހަކަށް ނާދެވޭ ކަމަށާއި ވީއިރު ޖާންވީއަށް މަންމަގެ ހުނަރާއި އަޅާ ކިޔުމަކީ ވަރަށް ބޭއިންސާފު ކަމެއް ކަމުގައި ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ.
މަންމަ ދުނިޔޭގައި ހުރި ނަމަ ޖާންވީ އެކުގައި ފިލްމު ތަކުގެ ޝޫޓިންއަށް ވެސް ދާނެ ކަމަށާއި އަދި ރަނގަޅު ކުރަންވީ ކަންކަމާއި ހުރިހާ ކަމެއް ކިޔާދޭނެ ކަމަށް ވެސް ޖާންވީ ވަނީ ހާމަކޮށްފައެވެ. އެހެން ތަރިންއާ ހިލާފަށް ޖާންވީ ބޮލީވުޑްގައި މަސައްކަތް ކުރަނީ މަންމަގެ ސަޕޯޓް ނުލިބި އެކަނި ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
ބޮލީވުޑްގައި އެތައް އަހަރެއް މަސައްކަތް ކުރި ސްރީ ދޭވީ ވަނީ 300 އަށް ވުރެ ގިނަ ފިލްމު ކުޅެފައެވެ. 2018 ވަނަ އަހަރުގައި މަރުވި އިރު އެއަހަރު އޭނާއަށް ވަނީ އެންމެ މޮޅު އެކްޓަރުގެ ގައުމީ އިނާމް ވެސް ލިބިފައެވެ.