ބަދަނަކީ އޭގައި ސިއްހީ ގިނަ ފައިދާތަކެއް އެކުލެވޭ ބާވަތްތަކެވެ.
ބަދުނުގައި އެކުލެވިގެންވާ ފައިދާ ކުރަނިވި މާއްދާތަކުގެ ތެރޭގައި އެކި ކަހަލަ ވިޓަމިންސް އާއި މިނަރަލްސްގެ އިތުރުން ކަށިވަރުގަދަ ކުރުމަށް ބޭނުންވާ ކެލްސިއަމް އާއި އަންސެޗުރޭޓަޑް ފެޓީ އެސިޑްސް ފާހަގަ ކޮށްލެވެ އެވެ. ކޮންމެ ދުވަހަކު ވެސް ބަދަން މުށެއް ކެއުމަށް އާދަ ކުރުމަށް ސިއްހީ މާހިރުން ލަފާ ދެއެވެ.
އެގޮތުން ގަވާއިދުން ބަދަން ކެއުމުން ސްޓްރެސް ލެވެލް ދަށްވެ، ސިކުނޑީގެ ހަރަކާތްތަކަށް ތާޒާކަން ގެނެސްދެއެވެ. ހަމަ އެހެންމެ ބަދަނަކީ ލޭގައި އެކުލެވޭ ހަކުރުގެ މިންވަރާއި ގައިގައި ހުންނަ ހަކަތަ ކޮންޓްރޯލްކޮށް އަރާމު ނިދި ލިއްބައިދިނުމަށް އެހީތެރިވާ އެއްޗެކެވެ.
ކޮންމެ ދުވަހަކު 28 ގްރާމްގެ ބަދަނާއި ސައި ސަމުސަލެއްގެ ސްޕައިސް އަދި ހާބްސް ކެއުމުގައި ބޭނުން ކުރާ ނަމަ ގޮހޮރުގައި ބެކްޓީރިއާ އުފެދޭ މިންވަރު ކުޑަވެ މީހާގެ ދުޅަހެޔޮކަން އިތުރުވާ ކަމަށް ވެސް ދިރާސާ ތަކުން ދައްކައެވެ