ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ދެވަނަ ދައުރެއް ދީފިނަމަ
ގާނޫނުއަސާސީ އިސްލާހު ކުރެއްވުމަށްފަހު ތިންވަނަ ދައުރެއް ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ކެމްޕޭނަށް ބޮޑުތިލަދުންމަތީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިހަވަންދޫގައި ސަޕޯޓަރުންނާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި އެއް ވެރިއަކު ގިނަ ދުވަހު ވެރިކަމުގައި ބެހެއްޓުމަކީ އެއްގޮތަކަށް ވެސް ރަނގަޅުކަމެއްނޫން ކަމަށެވެ.
“ރައީސް މައުމޫންގެ ދިގު ތިރީސް އަހަރުތެރޭ ދެވަނަ ދައުރެއް ދިނީމާ, ގާނޫނުއަސާސީ އިސްލާހު ނުކުރެއްވީމާ ދެން އެ އޮތް ގޮތަށް ވަޑައިގެންނެވީ. ދެވަނަ ދައުރެއް އަޅުގަނޑުމެން ރައީސް ޞާލިޙަށް ދޭއިރުގަ ގާނޫނުއަސާސީ އިސްލާހުކޮށް, ތިންވަނަ ދައުރަކަށް ގޮވަން ފަށްޓަވާނެކަމީ އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން.“
ގާނޫނުއަސާސީގެ 107 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިޚާބުކުރެވޭ އެއްވެސް މީހަކަށް ވިދިވިދިގެން ނުވަތަ އެނޫން ގޮތަކަށް ވެސް ދެ ދައުރަށްވުރެ ގިނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ މަގާމެއް ނުފުރޭނެއެވެ.
ރައްޔިތުން އެދޭނަމަ އެކަންވެސް ކުރަންވީތާ.
ކޮންމެ މީހަކީ ތިމާފަދަ ހަސީލަތް ނުބައި މީހެއްނޫން. މުހައްމާކޮޔަށް ހީވާނެ ފުޅައް ބުޑުން ދަންޏާ ކެޔޮގަނޑު ކަނޑާލާނެހެން.