ދަ ޑިމޮކްރެޓްސްއާ ގުޅުމަށް ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީގެ މެންބަރުންނަށް ދައުވަތު ދެއްވައިފިއެވެ.
ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ކެމްޕޭނަށް ހއ.ކެލައަށް ވަޑައިގެން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ރަށަކަށްފަހު ރަށަކަށް ވަޑައިގަންނަވަމުން ގެންދަވާއިރުގައި ފެންނަނީ ރައީސް ޞާލިޙަށް އިންތިޚާބު ކާމިޔާބު ކުރެއްވޭނެ ހަމަ އެއްވެސް ގޮތެއް ނެތް ކަމަށް ކަމަށެވެ. އަދި އިލްޔާސް ދެވަނަ ބުރުގައި ހުންނަވާނެ ކަމާމެދަކު ޝައްކެއް ނެތް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
“އަޅުގަނޑު އަޅުގަނޑުގެ ރަހްމަތްތެެެރި އެމްޑީޕީގެ ހުރިހާ މެންބަރުން ކައިރީގައި އެދެނީ ތިބޭފުޅުން ވަޑައިގަންނަވާށޭ އަޅުގަނޑުމެންނާ އެކީގާ ހަގީގީ މަސައްކަތް ކުރިއަށް ގެންދިއުމަށް
އެއީ ޑިމޮކްރެޓިކް ހަޔާތެއް އަދި ރައްޔިތުންގެ ތަނަވަސްކަން ފަރުދީ ތަނަވަސްކަން ހަމައެއާއެކީގާ އަބުރުވެރި ހަޔާތެއް ތިބޭފުޅުންނަށް ހޯދޭނެ.“ އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދު ވިދާޅުވިއެވެ.
ޑިމޮކްރެޓްސްއަކީ އެމްޑީޕީ ދެބައިވެ ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުން އުފެއްދެވި ޕާޓީއެކެވެ. ނަޝީދު ވިދާޅުވެފައިވާ ގޮތުން އެމްޑީޕީގެ ބޮޑު ބަޔަކީ މިހާރު ޑިމޮކްރެޓްސްއެވެ. އަދި އެމްޑީޕީ ރޫޅައިލާނެ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ބޮޑު ތަނުންބަލިވީމަ ދެން ބޭސްއަޅަންގޮވާނެ ކަމެއްނެއް
ތިޔާ ބޮއިގެން ހުރެ ދަށްކާ ދެކޮޅުނުޖެހޭވާހަކަ