ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަކޮށްގެން ހައުސިން މަޝްރޫއެއް ހިންގަވާނެ ކަމަށް ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭނުގައި ފ. ނިލަންދޫއަށް ވަޑައިގެން އެ ރަށުގައި ރޭ ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ މީގެކުރިން އެކިއެކި ދާއިރާތަކުގައި އުޅޭ މުވައްޒަފުންނަށް ހާއްސަކޮށްގެން ހައުސިން މަޝްރޫއު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން މުއިއްޒު ފާހަގަ ކުރެއްވި ގޮތުގައި މީގެ ކުރިން ވަނީ ޓީޗަރުންނަށާއި ނަރުހުންނަށާއި ޑޮކްޓަރުންނަށް ހައުސިން މަޝްރޫއުތައް ހިންގާފައެވެ.
ނަމަވެސް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން އެއްވެސް ހައުސިން ސްކީމެއް